ސިފައިންގެ ތަމްރީނެއްގައި ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުންދިޔަ ދެ ދަރިވަރަކު މާލެ ގެނެސްފައިވާ ކަމަށާއި އެ ދެ ދަރިވަރުން މާލެ ގެނައީ ފަރުވާއަށް ކަމަށެވެ.
އެ ދަރިވަރުންނަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. ނަމަވެސް އެމީހުންގެ އެންމެފަހުގެ ހާލަތު ހާމަކޮށްފައެއް ނުވެ އެވެ.
މާފިލާފުއްޓަށް ތަމްރީން ހަދަން ދިޔަ ޒުވާން ސިފައިންގެ މީހަކު މިދިޔަ ހަފްތާގައި ވަނީ މަރުވެފަ އެވެ. މަރުވެފައިވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ.
ރާފިލް މަރުވީ ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.


