މާލޭގައި ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މިރޭގެ ވަގުތެއްގައި އެ މީހާއަށް ހަމަލާދީފައި ވަނީ ކުރިކީލަ މަގާއި ޗާންދަނީ މަގާއި ގުޅުނު ހިސާބުގައެވެ. މިހާރުވެސް ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެެރިވަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ސަރަހައްދުގައި ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށް މިރޭ 7:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.
މި މައްސަަލައާ ގުޅިގެން ފުލުހުން ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.


