ކުރިއަށް އޮތް ރަމަޟާން މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން ކުރިއަށް އޭޕްރީލް މަހުގެ 1 ވާ ހުކުރު ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.
މާލޭގައި ރަމަޟާން މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީ އެއްގެ ކުރިމަތީގަ އެވެ. އަތޮޅުތަކުގައިނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގަ އެވެ.
ޑީޖޭއޭ އިން ބުނީ ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތްނަމަ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެ ކަމަށެވެ.
ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެނޫންވެސް އެފަދަ މުހިއްމު މައުލޫމާތު ދޭންޖެހެ އެވެ.


