ހަމަނުޖެހުން ހިނގީ ބޮޑުފޮޅުދޫގެ ކުޅުންތެރިއަކު މަތިވެރީގެ ސަޕޯޓަރުންނަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން މުހާތަބުކުރުމުން: މަތިވެރި ކައުންސިލް 

ޚަބަރު

ޓެކާސް އިން އިންތިޒާމްކޮށް ކުރިއަށްގެންދާ ޓެކްސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް 2022ގެ އއ. އަތޮޅު ބުރުގައި، މަތިވެރި އާއި ބޮޑުފޮޅުދޫ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބަކީ ބޮޑުފޮޅުދޫގެ ކުޅުންތެރިއަކު މަތިވެރީގެ ސަޕޯޓަރުންނަށް ނިސްބަތްކޮށް ބޭއަދަބީ ބަހުން މުހާތަބުކުރުމާއި ގުޅިގެން ކަމަށް މަތިވެރީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރޭގެ ހަމަނުޖެހުންތަކާއި ގުޅިގެން ރޭ ދަންވަރު މަތިވެރި ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މަތިވެރީގެ ސަޕޯޓަރުންނާއި ބޮޑުފޮޅުދޫގެ ކުޅުންތެރިންނާއި އޮފިޝަލުން ހިންގި ހަމަނުޖެހުމާއި ގުޅިގެން ރަށުގެ އާންމު މަސްލަޙަތު ވަނީ ގެއްލިފައިކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އަދި މިހަމަނުޖެހުމުގައި މަތިވެރީގެ ރައްޔިތަކަށް އަނިޔާ ލިބުމާއި ގުޅިގެން އޭނާއަށް ވަނީ މަތިވެރީ ޞިއްޙީ މަރުކަޒުން ފަރުވާދީފައެވެ. އަދި މިމައްސަލަ މަތިވެރީ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤުކުރަމުންނެވެ. ކަން މިހެން ހުރުމާއިއެކު، މި ކައުންސިލާއި އއ. މަތިވެރީ ޕޮލިސް ސްޓޭޝަނުން މިދަނީ މިކަމުގައި ބަލަންޖެހޭ ކަންކަން ބަލައި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ އެންމެހާ ފަރުދުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އަދި މިކަމުގައި ޝާމިލްވީ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންނެވެ.” މަތިވެރި ކައުންސިލުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިބަޔާނުގައި އިތުރަށް ވިދާޅުވީ  މި ދަނޑިވަޅުގައި މަތިވެރީގައި ދިރިއުޅޭ އެކި ރަށްރަށުގެ ރައްވެހީންނާއި، ބިދޭސީންނަށްވެސް ރައްކާތެރިކަން ފުރިހަމައަށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި މަތިވެރިއަކީ އއ. އަތޮޅު ބުރުގެ ހޯސްޓް އައިލެންޑް ކަމަށްވެފައި، މި މުބާރާތުގެ ކުރިއަށްހުރި މެޗުތަކުގައި ބޮޑުފޮޅުދޫގެ ކުޅުންތެރިންނާއި އޮފިޝަލުން މަތިވެރީއަށް އައުމަކީ ރަށުގެ އާންމު މަސްލަޙަތަށް ބަލައި، މި ކައުންސިލުން އެދޭ ކަމެއް ނޫން ކަމުގައިވެސް މިބަޔާނުގައި ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ދެން މި މުބާރާތުގައި ކުރިއަށްހުރި މެޗުތަކުގައި ބައްދަލުކުރާ ތޮއްޑޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ސަޕޯޓަރުންނަށް ފުރިހަމަ މެހެމާންދާތީއާއި ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް މަތިވެރީ ކައުންސިލުން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ