މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ފުރުތަމަ ކުއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޖެކްޓް ހޮވައިފިއެވެ.

ބީއެމްއެލްއިން ކޮމިއުނިޓީ ފަންޑުގެ މިއަހަރުގެ ފުރުތަމަ ފިޔަވާހީގައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިދިޔަ މަހު 5 ވަނަ ދުވަހުއެވެ. އެމުއްދަތު މިދިޔަ މަހު 27 ވަނަ ދުވަހު ހަމަވެފައިވާއިރު ބީއެމްއެލްއިން މިވަނީ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޖެކްޓް ހޮވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހޮވުނު ފަސް ޕްރޮޖެކްޓަކީ:

ށ. މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކުރުން – ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް

ނ. ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން – އަހުމަދު ރަޝީދު

ތ. ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް ގާއިމްކުރުން – އައިޝަތު ސަމާ

ށ. ބިލެތްފަހީގައި ލައިބްރަރީ ތަރައްގީކުރުން – އިސްމާއިލް ޝަރީފް

ކ. ކާށިދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުން – މުހައްމަދު ވިޝާހް


ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިފަންޑުގެ ދަށުން މިހާތަނަށް މިވަނީ މުޖުތަމައަށް ފައިދާކުރާ 65 ޕްރޮޖެކްޓެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ