ޕޯސްޓުގެ އެމްޑީއަކަށް އާދަމް އައްޔަންކޮށްފި

ޚަބަރު ފަހުގެ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު ކަމަށް އާދަމް މުހައްމަދު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމްޑީ ކަމުގެ މަޤާމުގައި ހުންނެވި އަހުމަދު ޝަފީގު މަގާމުން ވަކިކޮށް، އެ އެކުންފުނީގެ ބޯޑު މެންބަރު ކަމަށް އަދި އެމްޑީ ކަމުގެ މަގާމަށް އާދަމް އައްޔަންކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާދަމް މީގެކުރިން ހުންނެވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އެމްޑީގެ މަގާމުގަ އެވެ. ޕޯސްޓުގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި ޝަފީގް ދެން އަދާކުރައްވާނެ މަގާމެއް އެނގިފައެއް ނުވެއެވެ.

ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ ސްޓެލްކޯގެ އެމްޑީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އައްޔަންކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ