ތ. ދިޔަމިގިލީގެ މުދިމަކަށް ވަޅިއަކުން ހަމަލާދީ ޒަހަމްކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.
ދިޔަމިގިލީ މިސްކިތު މުދިމަކަށް ހަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. މި ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެނިގެން ދަނީ މުދިމަށް އެކި ފަހަރު މަތިން ހަމަލާދޭ މަންޒަރެވެ.
ފުލުހުން މިއަދު ވިދާޅުވީ، މި މައްސަލައާއި ގުޅިގެން 35 އަހަރުގެ މީހަކު ހައްޔަރުކޮށްގެން ބަންދާއި މެދު ގޮތެއް ނިންމުމަށް މަޑިފުށި މަޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި ހަމަލާގައި ޒަހަމްތަކެއް ލިބުނު އުމުރުން 55 އަހަރުގެ މުދިމު މިހާރު މާލެ ގެނެސް އަޖީއެމް ހޮސްޕިޓަލުގައި އިތު ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


