ރައީސް ޔާމީންގެ ރިޔާސަތުގައި އިދިކޮޅުގެ ކައުންސިލު ބައްދަލުވުމެއް

ޚަބަރު ފަހުގެ

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޖަލުން މިނިވަންވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އެމަނިކުފާނުގެ ރިޔާސަތުގައި އިދިކޮޅު އިއްތިހާދުގެ ކައުންސިލު ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.

ރޭ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ދެ ޕާޓީކަމަށްވާ ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލުތަކުގެ ޖޮއިންޓް ކައުންސިލު ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނެވެ. ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި ފަހުން އެ އިއްތިހާދުގެ ކައުންސިލުގެ ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ބައްދަލުވުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ބައްދަލުވުމުގައި އިދިކޮޅު ޕާޓީގެ އިދާރީ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމާއި، ޤައުމަށް ކުރިމަތިވެފައި އޮތް ހާލަތާއި އެ ހާލަތުން އަރައިގަތުމަށް ޕާޓީއެއްގެ ހައިސިއްޔަތުން އެ ޕާޓީއަށް ކުރެވެންހުރި ކަންކަމާއި، ޕާޓީގެ އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް ޕާޓީގެ ހަރަކާތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމާމެދު މަޝްވަރާކުރެވުނު ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ