ކަނޑުމަތިން 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ޚަބަރު ފަހުގެ

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަނޑުމަތިން 12 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އިންޑިއާ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއިއެކު އިންޑިއާގެ 37 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިމައްސަލައިގައި ހައްޔަރު ކޮސްފައިވާ އިންޑިއާ މީހަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރަށް ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ