އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން 12 ގްރާމްގެ މަސްތުވާތަކެތި އަތުލައިފި

ޚަބަރު ފަހުގެ

ސްރީލަންކާ އިން ރާއްޖެ އައި އިނގިރޭސި ވިލާތުގެ ރައްޔިތެއްގެ އަތުން ޖުމްލަ 12.7 ގުރާމްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިރޭ ވިދާޅުވީ ވައިގެ މަގުން ސްރީލަންކާ އިން ރާއްޖެއައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މާރިޗު 6 ވަނަ ދުވަހު ރާއްޖެ އައި އިނގިރޭސިވިލާތުގެ ރައްޔިތަކާއި މެދު ޝައްކުކުރެވިގެން މި ފަސިންޖަރުގެ ލަގެޖް ކަސްޓަމްސް އިން އިތުރަށް ބަލައި ފާސްކުރިއިރު، މި ފަސިންޖަރުގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ. ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް އަށް ވަނީ ޕޮޒެޓިވް ވެފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނެބިސް އޮށާއި ކެނެބިސް ހާބަލްއެވެ. މިތަކެތީގެ ޖުމްލަ ބަރުދަނުގައި 12.7 ގުރާމް ހުއްޓެވެ. މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ