އިންޑިއާއިން ރާއްޖޭގެ އިސްތިގުލާލަކާ ނުބެހޭނެ: ޣަފޫރު 

ޚަބަރު ފަހުގެ


އިންޑިއާއަކީ ރާއްޖޭގެ އިސްތިގްލާލާ ބެހޭނެ ގައުމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދިއްޕޮޅުގައި އާގުބޯޓުގެ ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޣަފޫރު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ކަމެއްގައި ވެސް އެހީތެރިވާ ގައުމެއް ކަމަށާއި އެގައުމުން ރާއްޖޭގެ އިސްތިގުލާލާ ބެހެން ނޫޅޭނެ ކަމަށެވެ.

“ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައި، އިންޑިއާގެ ދީލަތި އެހީ ފޯރުކޮށްދީފައި ވަނީ ދިވެހި ރައްޔިތުން އެކަމަށް ޓަކައި ޝުކުރު ކުރަން ހައްގުވާ މިންވަރަށް. ނަމަވެސް އޭގެ ބަދަލުގައި ބަޔަކު ނުކުމެ، ނަފްރަތުކޮށް، މަލާމާތްކޮށް، ފުރައްސާރަކޮށް، ފިތުނަ އުފައްދާ މަންޒަރު އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ.” ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު ވިދާޅުވީ ތިލަދުންމަތި ތަރައްގީ ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ކަމަށާއި، އެ ސަރަހައްދަކީ ވިޔަފާރި އެންމެ ފުޅާކޮށް ހިނގަމުން އަންނަ ސަރަހައްދަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ