މިއަހަރު ނިމުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާ ރާއްޖެ އިން ބޭރު ކުރުން ވަރަށް މުހިއްމު ކަމެއް – ރައީސް ޔާމީން

ޚަބަރު ފަހުގެ

ދުނިޔޭގެ މަޝްހޫރު ނޫސް އެޖެންސީ “ރޮއިޓާސް” އަށް ރައީސް ޔާމީން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ކޮންމެހެން ވެސް ބޭރުކުރަން ޖެހޭ ކަމަށެވެ. “ވަރަށް މުހިއްމު ކަމެއް މިއަހަރު ނިމުމުގެ ކުރިން އިންޑިއާ އަސްކަރިއްޔާ ރާއްޖެ އިން ބޭރު ކުރުން އެއީ.” ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެއްވެސް ގައުމެއްގެ އަސްކަރީ ބޭނުންތަކަށް ބޭނުން ކުރާ ގައުމަކަށް ދިވެހިރާއްޖެ ވާން ބޭނުން ނުވާކަމަށެވެ. “އަޅުގަނޑު ބޭނުމެއް ނޫން އެއްވެސް ގައުމެއްގެ އަސްކަރީ މަރުކަޒަކަށް ދިވެހިރާއްޖެ ވާކަށް. އަޅުގަނޑުމެން ބޭނުމެއް ނޫން މިއީ އަސްކަރީ ބާރުތަކުގެ މަރުކަޒަކަށް ވާކަށް. އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރެއް ނޫން ބޭރުގެ އަސްކަރީ ބާރެއް މިރާއްޖޭގައި އޮންނަ މަންޒަރު އެއީ.” ރައީސް ޔާމީން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ “ރޮއިޓާސް” އަށް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިންނަކީ “ލިމިޓެޑް އަދަދެއް” ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަކީ ސާޗް އެންޑް ރެސްކިއު އަދި ސަވައިލަންސްގައި ބޭނުން ކުރާ ތިން އުޅަނދެއް ބަލަހައްޓަން ތިބި ސިފައިންނާއި ސިފައިންގެ ހޮސްޕިޓަލްގައި ތިބި މެޑިކަލް ޓީމް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން ރޮއިޓާސް އަށް މައުލޫމާތު ދެމުން ވަނީ ރައީސް ޔާމީންގެ ވާހަކަފުޅުތައް ދޮގު ކޮށްފައެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއިއެކު އޮތީ ޒަމާންވީ ރަހުމަތްތެރި ގުޅުމެއް ކަމަށެވެ.

ރޮއިޓާސް އިން ވެސް ވަނީ ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ރާއްޖޭގެ ކޮންޓްރޯލް ހޯދަން ޗައިނާ އާއި އިންޑިއާ އިން މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްފައެވެ. ރާއްޖެ އިން ޒަމާނުއްސުރެ ގެންގުޅެމުން އައި “ފުރަތަމަ އިންޑިއާ” ހާރިޖީ ސިޔާސަތު ރައީސް ޔާމީންގެ ވެރިކަމުގައި ބަދަލު ކުރެއްވިކަން ވެސް އެނޫހުގައި ފާހަގަ ކޮށްފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ