ސ. ގަމު ދޫގަސް ހުރި ބިމުގައި 120 އެނދުގެ ހޮޓަލެއް އެޅުމަށް ނިންމާފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ރޭ އައްޑޫ ރައްޔިތުންނަށް ދެއްވި މާހެފުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ދޫގަސް ހުރި ބިމުގައި ހޮޓަލެއް އެޅުމަށްޓަކާ އެ ބިން ގަން އެއާޕޯޓަށް ދިނުމަށް މިއަދު ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ އެ ބިމުގައި 120 އެނދުގެ ހޮޓަލެއް މި އަންނަ އަހަރުގެ މޭ، ޖޫން ހިސާބުގައި ހުޅުވޭނެެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
“އެ ހޮޓެލް ވެގެންދާނީ ފުރިހަމަ ހޮޓަލަކަށް. އެގޮތުން އެތަން ބިނާ ކުރެވިގެންދާނީ ބޮޑެތި ބައްދަލުވުންތައް ވެސް އެތަނުގައި ބޭއްވޭ ގޮތަށް، އިތުރު ވަސީލަތްތަކާއެކު” ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ އެހޮޓަލު ހުޅުވުމާއެކު އައްޑޫގައި އޮތް ވަޒީފާގެ ދަތިކަމުގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށެވެ


