އެފްއެސްއެމްގެ ހުޅުމާލެ ޝެޑުން 24 ގަޑިއިރު ހިދުމަތް ދޭން ފަށަނީ

ޚަބަރު ފަހުގެ

އެފްއެސްއެމްގެ ހުޅުމާލެ ޝެޑުން އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 24 ގަޑިއިރު ހިދުމަތް ދޭން ނިންމައިފި އެވެ

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޑަރ މުހައްމަދު ގަސަމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުޅުމާލޭގެ އާބާދީ އިތުރުވުމުގެ ސަބަބުން ތެލުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށް ދިނުމާށް ހުޅުމާލޭގައި ހުންނަ އެފްއެސްއެމްގެ އީޒީފިލް 3 ގެ ހިދުމަތް 24 ގަޑިއިރަށް ދިނުމަށް ނިންމަވާފައިވާ ކަމާށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ގަސަމް އިތުރަށް ވިދާޅުވީ އެޝެޑުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވާފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.

މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި އެފްއެސްއެމުން ހަތަރު ޝެޑެއް ހިންގަ އެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ފިއުލް ޝެޑްތައް ވަނީ ހުޅުވައިފަ އެވެ. އެއީ އައްޑު އާއި ފުވައްމުލަކުގެ އިތުރުން ގދ. ތިނަދޫގަ އެވެ

ހުޅުމާލޭގެ އާބާދީ ލައްކައަށް ވުރެ ބޮޑުވިއިރު، މިވަގުތު ހިދުމަތް ދޭން ހުންނަނީ އެންމެ ދެ ޝެޑެވެ. އެއީ އެފްއެސްއެމްގެ އިތުރުން ވިލާ ހަކަތައިން ހިންގާ ޝެޑެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ