ކައުންސިލްތަކަށް ޚާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފި

ޚަބަރު ފަހުގެ

ކައުންސިލްތަކަށް ހާއްސަ ކޯލް ސެންޓަރެއް އިކޮނޮމިކް މިނިސްޓްރީން ގާއިމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީއިން ދެމުން ގެންދާ ޚިދުމަތްތަކާ ގުޅިގެން، ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮއްދޭ ހިދުމަތްތަށް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކައުންސިލްތަކާއި މިނިސްޓްރީއައި ފަސޭހައިން ގުޅޭނެ ޚާއްޞަ ކޯލްސެންޓަރއެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އިންތިޒާމްގެ ދަށުން މިނިސްޓްރީން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޚިދުމަތްތަކާއި ބިދޭސީންނާ ގުޅިގެން ދެމުންގެންދާ ޚިދުމަތްތަކާ ބެހޭ މަޢޫލޫމާތު ކައުންސިލްތަކުން ހޯދުމަށްޓަކައި އެ ނަންބަރުތަކަށް ގުޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކޯލަށް ވަގުތުން ޖަވާބު ނުދެވޭ ޙާލަތެއްގައި، އެދުވަހަކު އެ ނަންބަރުތަކަށް ގުޅި ހުރިހާ ފަރާތްތަކަށް ދުވަސް ނިމުމުގެ ކުރިން ކޯލް ސެންޓަރުން އަނބުރާ ކޯލް ރިޓާންކޮށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ