ސަލްމާން މިސްކިތުގައި ދަރުސް ބާއްވަން ހުއްދައެއް ނުދިން – ޕީޕީއެމް

ޚަބަރު ފަހުގެ

ކިންގް ސަލްމާން މިސްކިތުގައި ދަރުހެއް ބޭއްވުމުގެ ހުއްދަ ޕީޕީއެމަށް ނުދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މި ދަރުސް ބޭއްވުމަށް ޕީޕީއެމުން ހުއްދަ އަށް އެދުނީ އަދާލަތު ޕާޓީން ސިލްސިލާ ގޮތެއްގައި މާލޭގެ ޝަހީދު އަލީ މިސްކިތުގައި ދަރުތަސް ބާއްވަމުންދާތީ އެވެ. އެގޮތުން އަދާލަތުގެ ލޯގޯ ޖަހައިގެން ބާއްވަމުންދާ މި ދަރުސް ސިލްސިލާގެ ދެވަނަ ދަރުސް ދެއްވާފައިވަނީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ދަރުސް ބާއްވަން ސަލްމާން މިސްކިތް ދެވެން ނެތް ކަމަށާއި އަދި މިހާރު އެއްވެސް ސިޔާސީ ޕާޓީއަކަށް ދީނީ ދަރުސް ޕްރޮގްރާމް ރޯދަ މަހު ހިންގަން ފުރުސަތު ދޭ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެގޮތުން އަދާލަތު ޕާޓީން ލޯގޯ ޖަހައިގެން ދަރުސް ބާއްވާފައިވަނީ “އޮޅުމަކުން” ކަމަށާއި އެއްވެސް ސިޔާސީ ޕާޓީއަކަށް އެއްވެސް މިސްކިތެއްގައި ދަރުސް ދެވޭނެ ފުރުސަތެއް ނޯންނާނެ ކަމަށް މިނިސްޓްރީން އަންގާފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެކަން އަދާލަތަށް ވެސް މިހާރު އަންގާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގައި ދީނީ ގޮތްޕެއް އޮންނަކަން ފާހަގަކުރައްވަމުން ޝުޖާއު ވަނީ ސަލްމާން މިސްކިތުގައި ދަރުސް ނުބޭއްވުނު ނަމަވެސް ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ އިހްޔާ ޕްރޮގްރާމް މިއަހަރު ވެސް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ފުރަތަމަ އިހްޔާ ޕްރޮގްރާމް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ޕީޕީއެމްގެ އޮފީހުގަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ