ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނެޝަލް ސްޓްރަޓެޖިކް ޕްލޭން މިއަހަރުގެ ޖޫން މަހު ލޯންޗުކުރުމަށް ތާވަލްކޮށްފައިވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، މި މުޖުތަމައުގައި އިތުރު ބަލިމަޑުކަމެއް އާލާވެ ފެތުރެމުން ދާކަމަށާއި، ފާއިތުވި އަހަރުގެ މެއި މަހު ހެލްތު މިނިސްޓްރީން، ޑްރަގުން ރައްކާތެރިވުމާ ގުޅޭ މަސައްކަތާ ހަވާލުވިފަހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑަބްލިޔޫ.އެޗް.އޯ ގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި ގިނަ ދިރާސާތަކެއް ކޮށް، ޑްރަގް ކޮންޓްރޯލް ކުރުމާ ގުޅޭ ނެޝަލް ސްޓްރަޓެޖިކް ޕްލޭން ޖޫން މަހު ލޯންޗުކުރުމަށް ތާވްލްކޮށްފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު، އެންމެ ބޮޑަށް އަހައްމިއްޔަތުކަން ދެއްވާފައިވާ ކަންކަމުގެ ތެރޭގައި، ތިމާވެއްޓާ އިންސާނުންގެ ސިއްހަތު ރައްކާތެރިކުރުން ހިމެނޭ ކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “އަވަރ ޕްލެނެޓް، އަވަރ ހެލްތް” ނުވަތަ “އަހަރެމެންގެ ގުރަހަ، އަހަރެމެންގެ ޞިއްޙަތު” މި ޝިއާރެވެ.


