ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދުގެ އިސްތިއުނާފްގެ އަޑުއެހުންތައް ހައިކޯޓުގައި ފަށަނީ!

ޚަބަރު ފަހުގެ

ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދުގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ކުށް ސާބިތު ނުވި މަސައްލައިގެ އިސްތިއުނާފް މާދަމާ ހައިކޯޓުގައި ފެށުމަށް ނިންމައިފިއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޒިޔާދުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އެންޓި ކޮރަޕްޝަންގެ ތަހުގީގަށް ސާބިތުވުމުންނެވެ. ހިޔާނާތަށް މަގުފައިވާ ގޮތަށް އަމަލު ކުރިކަަމަށް ބުނާ މި މައްސަލައިގައި ޒިޔާދާއި އެކު އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލި އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޒިޔާދުގެ މައްޗަށް އުފުލި ދައުވާގައިވަނީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމުކުރިކަމަށް ބުނެއެވެ. އަދި މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި، ޒިކުރާ މިސްކިތުގެ މައްސަލާގައި ނާޖާއިޒު ފައިދާއެއް ހޯދަން މަސައްކަތް ކޮށްދީފައިވާ މައްސަލައާ ގުޅިގެންނެވެ. މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޒިޔާދުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ.

އެ މައްސަލަ ދަައުލަތުން އިސްތިއުނާފް ކުރުމުން މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 9:45 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ