އޭޝިއަން ފުޓްސަލް ކަޕް : އީރާނުން ރާއްޖެ ކޮޅަށް 17 ގޯލު ޖަހައިފި

ކުޅިވަރު ފަހުގެ

ކިރްގިސްތާންގައި މިއަދު ފެށި އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އީރާން އަތުން 17-0 އިން ބަލިވެއްޖެ އެވެ.

މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އީރާނުން ރާއްޖެ ކޮޅަށް 17 ގޯލު ޖެހި ދެ ވަނަ ފަހަރެވެ. މީގެ ކުރިން ފުޓްބޯޅައިގައި 1997 ވަނަ އަހަރު އީރާނުން ވަނީ ރާއްޖެ 17-0 އިން ބަލިކޮށްފަ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ކިރްގިސްތާންގެ ބިޝްކެކްގެ ގެޒްޕްރޮމް ސްޕޯޓްސް ކޮމްޕްލެކްސްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީރާނުން ރާއްޖެ ކޮޅަށް ހަ ގޯލު ޖެހި އިރު، އަނެއް 11 ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ރާއްޖޭން ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރެވޭތޯ ބެލި ނަމަވެސް، ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

އޭއެފްސީ ފުޓްސަލް މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމަނާފައިވަނީ ސެންޓްރަލް އެންޑް ސައުތު ޒޯންގެ ކޮލިފައިންގަ އެވެ. އެ ޒޯނުގެ އަށް ގައުމު ވަނީ ކޮލިފައިންގެ ދެ ގްރޫޕަކަށް ބަހައިފަ އެވެ.

ރާއްޖެ ހިމެނޭ ގުރޫޕް އޭގައި އިރާންގެ އިތުރުން ދެން ހިމެނެނީ ތުރުކުމެނިސްތާން އަދި ކިރްގިސްތާނެވެ. ގުރޫޕް ބީގައި ހިމެނެނީ އުޒްބެކިސްތާން، ތަޖިކިސްތާން، އަފްގާނިސްތާން އަދި ނޭޕާލެވެ

ކޮލިފައިންގައި ރާއްޖޭން ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ރޭ 7:00 ގައި ކުޅޭނީ ކިރްގިސްތާނާ ދެކޮޅަށެވެ. އަދި އަންގާރަ ދުވަހު ހަވީރު، ކޮލިފައިން ގުރޫޕުގެ ފަހު މެޗުގައި ތުރުކުމެނިސްތާނާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗު އޮތީ އެދުވަހުގެ ހަވީރު 4:00ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ