ހިޔާ ފްލެޓްގެ އޭޕްރީލް މަހުގެ ކުލި ދެއްކުން އެޗްޑީސީ ފަސްކޮށްދީފި

ޚަބަރު ފަހުގެ

ހިޔާ ފްލެޓްގެ އޭޕްރީލް މަހުގެ ކުލި ދެއްކުން އެޗްޑީސީ ފަސްކޮށްދީފިއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކަށް އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ދެއްކުމާ ގުޅޭގޮތުން މިރޭ ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ހިޔާ މަޝްރޫޢުގެ އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ އިންސްޓޯލްމަންޓާއި މެނޭޖްމަންޓްފީ ގެތެރެއިން އެޕްރީލް 2012 ވަނަ މަހު ދައްކަވަން ޖެހޭ ފައިސާ 10 އެޕްރީލް 2012 ވަނަ ދުވަހުގެ ކުރިން ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު މި މަހުގެ 30 ވަނަ ދުވަހާއި (30 އެޕްރީލް 2022) ހަމައަށް އިތުރު ކުރަން ނިންމާފައިވާކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިގޮތަށް ނިންމުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކުލި ދެއްކުމަށް ކަނޑައެޅިފައިވާ ގޮތްތަކަށް ހިޔާގައި ދިރިއުޅެމުންގެންދާ ރައްޔިތުން އިތުރަށް ހޭލުންތެރިކުރުކަމަށް އެޗްޑީސީ ބުނެފައިވެއެވެ.

މީގެ އިތުރުން، ކުލި ދެއްކުމުގެ ކަންކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އެހީތެރިވުމަށް، މާދަމާ 11 އެޕްރީލް 2012 އިން ފެށިގެން ކޮންމެ ރެއެކު 21:00 އިން 23:00 އަށް ހިޔާ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް ވެސް
އެޗްޑީސީ ބުނެފައިވެއެވެ.

މިގޮތަށް ނިންމިކަމުގައި ވީނަމަވެސް މެއި 2022 އިން ފެށިގެން ކޮންމެ މަހެއްގެވެސް ޖޫރިމަނާއަކާއި ނުލާ ކުލި ދެއްކުމުގެ އެއްމެ ފަހު ތާރީހަކީ އެމަހެއްގެ 10 ވަނަ ދުވަސްކަމަށް އެޗްޑީސީ ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ