ހަނިމާދޫ ސްކޫލް އިންޓަރ ހައުސް މަދަޙަ މުބާރާތް ފަށައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް އިންޓަރ ހައުސް މަދަޙަ މުބާރާތް ފަށައިފިއެވެ.

މި މުބާރާތް ފަށާފައިވަނީ ރޭ ހަނިމަދޫ ސްކޫލް ހޯލުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށް ފަހުއެވެ. އެ ރަސްމީއްޔާތް ޝަރަފުވެރި ކޮށްދެއްވީ ތައުލީމީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޝަޒިއްޔާ ޝާކިރު (ޝަޒިއްޔާ މިސް) އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހަނިމާދޫ ސްކޫލް ދީނީ ރޫހް ކުލަބުން މައުލޫމާތު ދޭގޮތުގައި މި މަދަހަ މުބާރާތުގައި 190 ބައިވެރިން މަދަހަ ހުށައަޅާނެއެވެ.

އެގޮތުން ރޭ ވަނީ ގުރޫޕް މަދަހަ ތައް ހުށައަޅާފައެވެ. ހަނިމާދޫ ސްކޫލް 4 ހައުސް އިން ކޮންމެ ހައުސްއަކުން ގުރޫޕް މަދަހައަކާއި، ބެލެނިވެރިންގެ 2 މަދަހަ އަދި ޓީޗަރުންގެ 2 ގުރޫޕް މަދަހަ ވަނީ ރޭ ހުށައަޅާފައެވެ.

ރޭ ފެށި މި މުބާރާތު މަދަހަތައް ހުށައެޅުން މިއަދާ މިރޭވެސް އެ ސްކޫލް ހޯލްގައި ކުރިއަށް ދާއިރު މަދަހަ މުބާރާތް ނިންމާލުމަށް ތާވަލު ކޮށްފައިވަނީ 16 ވާ އާދިއްތަ ދުވަހު ރެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ