ކުޑަކުދިން ހިމެނޭހެން 130 މީހުންނާއެކު ދަތުރުކުރަމުންދިޔަ ބޯޓެއް ފަރަކަށް އަރައިފިއެވެ.
ފުލުހުން ބުނީ ށ. ފޯކައިދޫއިން މާލެއަށް ކުޑަކުދިންނާއި އަންހެނުން ހިމެނޭ ހެން 130 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ޅ. ފެލިވަރު ފަރަށް އަރާފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 8:31 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.


