ފުލުހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

ޚަބަރު ފަހުގެ

މާރާމާރީއާއި ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހިޔާ ފްލެޓެއްގެ ތެރެއިން ފުލުހަކަށް ހަމަލާދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހިޔާ ފްލެޓެއްގެ ތެރެއިން ފުލުހަކަށް ހަމަލާދިން މައްސަލައެއް މިހާރު ފުލުހުން އަންނަނީ ބަލަމުން ކަމަށެވެ. ނަމަވެސް ހަމަލާދިނީ ގޮދާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ މީޑިއާ އޮފިޝަލް ދީފައެއް ނުވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ހުޅުމާލޭގައި ހިނގި މާރާމާރީތަކަކާއި ގުޅިގެން ހިޔާ ފެލެޓަށް ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭ އިރާކޮޅުއެވެ. ފުލުހުންގެ ފުރަތަމަ ޓީމް ހިޔާ ފްލެޓްގެ ޓަވަރަކަށް ވަތްތާ ގަޑިއިރެއް ނުވަނީސް ދެވަނަ ޓީމެއް ވަނީ ހަމަ އެޓަވަރަށް ވަދެފައެވެ.

ފުލުހުން ވަނީ މާރާމާރީތަކާއި ގުޅިގެން އެރޭ 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ