ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ، އެސެޓް ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވެއްޖެ

ޚަބަރު ފަހުގެ

ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ތަރައްގީވެ ޖުމްލަ އެސެޓް ދެ ބިލިއަން ރުފިޔާއަށް ވުރެ އިތުރު ވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގެ ޖުމްލަ އެސެޓުގެ އަގު ވަނީ 2.2 ބިލިއަން ރުފިޔާ އަށް އުފުލިފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމްއެމްއޭގެ ރިޕޯޓް ދައްކާ ގޮތުން ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގައި އެންމެ ބޮޑު އަދަދުތަކުން ބަދަލުދޭ އެއް އިންޝުއަރެންސްއަކީ އަލިފާނުގެ ހާދިސާތަކަށް ބަދަލު ނަގައިދޭ ފަޔާ އިންޝުއަރެންސްއެވެ.

އެގޮތުން އިންޝުއަރެންސް ސިނާއަތުގެ 35 ޕަސެންޓް ހިއްސާ ކުރާ ފަޔާ އިންޝުއަރެންސް އިން މިދިޔަ އަހަރު ބަދަލުގެ ގޮތުގައި ދިންއަދަދު 44.2 މިލިއަން ރުފިޔާ އިތުރުވެ 13 ޕަސެންޓުގެ އިތުރުވުމެއް ލިބިފައިވާކަމަށް ރިޕޯޓުބުނެއެވެ.

މި އިންޑަސްޓްރީގައި އެންމެ ގިނައިން ޕްރިމިއަމް ދައްކާ އިންޝުއަރެންސަކީ ހެލްތް އިންޝުއަރެންސްއެވެ. މި އިންޝުއަރެންސުން ޕްރިމިއަމްގެ ގޮތުގައި 54 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެންމެ ގިނައިން ޕްރިމިއަމް ދައްކަމުން ގެންދާ މެރިން ހަލް އާއި ކާގޯ އިންޝުއަރެންސްއިން ޕްރިމިއަމްގެ ގޮތުގައި 17.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ރާއްޖޭގައި ފަސް އިންޝުއަރެންސް ކުންފުންޏަކުން ހިދުމަތް ދެއެވެ. އެއީ އެލައިޑް އިންޝުއަރެންސް އާއި އަމާނާ ތަކަފުލް އަދި ސިލިންކޯ އިންޝުއަރެންސްގެ އިތުރު ސޮލަރެލް އާއި ދިވެހި އިންޝުއަރެންސްއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ