ޖޫނިއާ ޓީޓީ މުބާރާތުގެ ރަސްމީ ލަވަ މެޑަމް ފަޒްނާ އިފްތިތާހުކޮށްދެއްވައިފި

ކުޅިވަރު ފަހުގެ

ހޯމަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޓޭޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ރަސްމީ ލަވަ ފަސްޓް ލޭޑޭ މެޑަމް ފަޒްނާ އަޙްމަދު އިފްތިތާހުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ޖޫނިއާ ޓީޓީ ޓީމާ ބައްދަލުކުރައްވާ މެޑަމް ފަޒްނާ ވަނީ ޓީމަށް ހިތްވަރު ދެއްވައިފައެވެ. ފަޒްނާ ވިދާޅުވީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީ ތަކުރާރުކުރަން މިއީ ރަނުގެ ފުރުސަތެއް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި ހަފްލާގައި ޖޫނިއާ ޓީޓީ ޓީމުން ވަނީ މި މުބާރާތުގައި އެ ޓީމުން ބޭނުން ކުރާ ޖާޒީ މެޑަމް ފަޒްނާއަށް ހަދިޔާ ކޮށްފައެވެ.

މި ހަފްލާގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ރައީސް އަލީ ރަޝީދު (އައްޔަ)ގެ އިތުރުން ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙްމަދު ސަލީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޖޫނިއާ ޓީޓީ މުބާރާތުގެ ރަސްމީ ލަވަ ކިޔާފައިވަނީ ސިމްބޮލިކް މިއުޒިކްގެ ފަންނާނުންނެވެ. އަދި މި ލަވައިގެ އެޑިޓިންގ ހަދާފައިވަނީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިންނެވެ.

މި މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި މި މުބާރާތުގެ ކެޑޭޓް ބައިގެ ފައިނަލުގައި ރާއްޖޭގެ އެއް ނަމްބަރު ޓީޓީ ކުޅުންތެރިޔާ ދީމާ ވަނީ 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ