އިނގިރޭސި ޕްރިމިއާ ލީގު : ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާސެނަލް ލީގު ތާވަލްގެ ހަތަރު ވަނަ އަށް

ކުޅިވަރު ފަހުގެ

އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާސެނަލް ލީގު ތާވަލްގެ ހަތަރު ވަނަ މަގާމުގައި ހަމަޖެހިލައިފިއެވެ.

އާސެނަލުން މިރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެޑީ ކޭޓިއާއެވެ. އޭގެ ފަސް މިނެޓު ފަހުން މެޗުގެ ދިހަ ވަނަ މިނެޓުގައި ގެބްރިއަލް މާޓިނެލީގެ އެހީތެރިކަމާއެކު ކޭޓިއާ ވަނީ އާސެނަލަށް އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާ ކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުނީ މި ނަތިޖާއާއެކު އާސެނަލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ލީޑްސް ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖަހައި ނަތީޖާގެ ފަރު ކުޑަކޮށްފައެވެ. ލީޑްސްގެ ހަމައެކަނި ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ޖަހައިދިނީ ޑިއޭގޯ ލޮރެންޓޭއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ