މާލޭގައި މަންމަގެ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާ، އެ އަންހެން މީހާގެ 12 އަހަރުގެ އަންހެން ދަރިފުޅަށް ދެ އަހަރު ވަންދެން ރޭޕް ކުރަމުންދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަން ފަޅާ އަރާފައި ވަނީ އެ ކުއްޖާ އޭނާގެ “އާއިލާ” އެ އުމުރުގެ އެހެން ކުއްޖަކަށް އެ ވާހަކައެއް ކިޔާދިނުމުންނެވެ.
މިކަމާއި ގުޅިިގެން އެ އަންހެން މީހާ އާއި އޭނާގެ ލޯބިވެރިޔާގެ ގުޅުންވެސް ވަނީ ނިމުމަަކަށް އައިސްފައެވެ.
މިކަން ފުލުހުންގެ ސަމާލުކަމަށްވެސް މިހާރު ގެނެސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ކުއްޖާގެ ބަޔާން ވަނީ ނަގާފައެވެ. ނަމަވެސް އެ ފިރިހެން މީހާ އަދި ހައްޔަރުކޮށްފައި ނުވެއެވެ.


