ދެ ދޯނި ދޭތެރޭ ތާށިވި މީހަކު ނިޔާވެއްޖެ 

ޚަބަރު ފަހުގެ


ދެ ދޯނި ދޭތެރޭ ތާށިވި ދިވެހި ފިރިހެނަކު ނިޔާވެއްޖެ އެވެ.

މިކަމާއި ގުޅިގެން ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން މައުލޫމާތު ދެމުން ބުނީ، މި ހާދިސާ ހިނގީ މ. އަތޮޅު ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރި ކޮށްގެން އުޅެނިކޮށް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ދެ ދޯނި ދޭތެރޭ މީހަކު ތާށިވި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 16:41 ހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެމީހާ އަށް ފަރުވާ ދިނުމަށް މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެމީހާ ނިޔާވެފައި ވާކަމަށެވެ.

މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ