އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވެން އޮތް މަގަކީ ޗެއަރޕާސަންކަމަށް ފައްޔާޒު އިސްމާޢީލް ހޮވުން – ޣަފޫރު

ފަހުގެ ސިޔާސީ

ކުރިޔަށް އޮތް 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލާފައި، 2028 ގައި އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެކަމަށް ހީކުރުމަކީ ކުށްހީއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.

ޣަފޫރު ވިދާޅުވީ، ޗެއަރޕާސަންގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލު ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ސަރުކާރާއިއެކު މަސައްކަތް ކުރެވޭނީ ފައްޔާޒަށް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޣަފޫރު އިތުރަށް ވިދާޅުވީ، 2023 ގެއްލުވާލަން މަސައްކަތް ކުރަނީ ސަރުކާރުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާކަމަށާއި، ނަމަވެސް، އެއީ ހަގީގަތާއި ހިލާފު ވާހަކައެއްކަމަށެވެ. އަދި އެމްޑީޕީއަށް 2023 ގެއްލުވާލާފައި 2028 ހޯދަން މަސައްކަތް ކުރުމަކީ ކުށްހީއެއް ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް ކުރެވެންހުރި މަސައްކަތް ކުރައްވާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

“އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވެން އޮތް މަގަކީ ޗެއަރޕާސަންކަމަށް ފައްޔާޒު އިސްމާޢީލް ހޮވުން.” ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ، އެމްޑީޕީއަށް 2023 ގެއްލުވާލުމަށް ރައީސް ނަޝީދުގެ ފެކްޝަނުން މަސައްކަތް ކުރާކަމަށް ގިނަބަޔަކު ތުހުމަތު ކުރަމުން ދަނިކޮށެވެ. އަދި އެއީ ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު ހުރި ގޮތްކަމަށް ވެސް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ