ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެނެންނަވައި ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުގެ ކެބިނެޓަށް ބަދަލު ގެންނަވައި، ބައެއް މިނިސްޓްރީ ތައް އެއްކޮަށް ލައްވައިފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލައި މިހާރު ވަނީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަށް ބަދަލުކޮށްފައެވެ. އެ މިނިސްޓްރީ ގެ މިނިސްޓަރު ކަމުގެ މަޤާމް އަށް އައްޔަން ކުރެއްވީ މޫސާ ޒަމީރެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ހައުސިންގ އާއި އިންފްރާސްޓްރަކްޗާރ އެއްކޮށްލައި މިހާރު ވަނީ އެ މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުކޮށްފައެވެ. އެ މިނިސްޓްރީ ގެ މިނިސްޓަރު ކަމުގެ މަޤާމް އަށް އައްޔަން ކުރެއްވީ ޑރ. އަބްދުﷲ މުއްތޮލިބެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރަކަށް ހުންނެވި ޑރ. މަރިޔަމް މާރިޔާ ބަދަލުކުރައްވާފައިވަނީ އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗަރ މިނިސްޓަރަކަށެވެ. އަދި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ކަމަށް ބަދަލުކުރައްވާފައެވެ. މިނިސްޓަރު މާރިޔާ އެނިމަލް ވެލްފެއާ އެންޑް އެގްރިކަލްޗަރ ބަދަލުކުރެއްވިއިރު، އެ މިނިސްޓްރީގައި ކުރިން ހުންނެވި ޑރ. އައިޝަތު ރަމީލާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި މިއީ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ. ބުރާސްފަތި ދުވަހު މި ގެނައި ބަދަލާއެކީ މިހާރު ސަރުކާރުގައި ހުންނާނީ 21 މިނިސްޓްރީއެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ