ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ގޮވާލައި އެމަނިކުފާނުގެ ގެކޮޅަށް ސްޕްރޭ ޖަހައިފިއެވެ.
ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރުމައްޗަށް، އެ މަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާފައިވާ އިބާރާތްތަކަކާއި ޔާމީންގެ ފޮޓޯ ހިމެނޭ ކުރެހުމެއް ސްޕްރޭކޮށްފައި ވަނީ ބެލެވޭ ގޮތުގައި ރޭ ވަގުތެއްގައެވެ.
ޔާމީން ހައްޔަރު ކުރުމަށް ގޮވާލައި ލިޔެފައިވާ ލިޔުންތަކެއް ވެސް ވަނީ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް އަޅާފައެވެ.
މި މައްސަލަ އާއި ގުޅޭ ގޮތުން މިހާތަނަށް ފުލުހުން ވެސް އަދި ޕީޕީއެމް އިން ވެސް ވަކިއެއްޗެއް ނުބުނެއެވެ.


