ގޫގަލް ޓްރާންސްލޭޓަށް ދިވެހި ބަސް!

ޚަބަރު ފަހުގެ

ގޫގުލް އިން ދިވެހި ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދައިފި އެވެ.
ގޫގަލް ޓްރާންސްލޭޓްގައި ދިވެހި ބަސް ތަރުޖަމާ ކުރެވޭ ގޮތް ހަދާފައިވާކަން އިއުލާންކޮށްފައިވަނީ އިއްޔެ ބޭއްވި ގޫގުލް ޑިވެލޮޕާސް ކޮންފަރެންސްގައެވެ. އެ ކޮންފަރެންސްގައި އިއުލާންކުރީ ގޫގަލް ޓްރާންސްލޭޓަށް އިތުރު 24 ބަހެއް އިތުރުކޮށްފައިވާ ކަމަށެވެ.

ގޫގުލް އިން ބުނި ގޮތުގައި، އަލަށް އިތުރުކުރި 24 ބަހަކީ 300 މިލިއަނަށް ވުރެ ގިނަ މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތައް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އިތުރު ކުރި ބަސްތަކާ އެކު މިހާރު ގޫގުލް ޓްރާންސްލޭޓްގައި ޖުމްލަ 133 ބަހުން ޓްރާންސްލޭޓް ކުރެވޭނެ އެވެ.

ގޫގުލް ޓްރާންސްލޭޓްގެ އާ ބަސްތައް ބޭނުންކުރެވޭ ގޮތް އިއްޔެ ހެދިޔަސް، ބައެއް ކަސްޓަމަރުންނަށް އެ ހިދުމަތް ލިބުމުގައި އަދި ދެތިން ދުވަސް ލަސްވެދާނެ ކަމަށް ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ