އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހަރާ ވެއްޖެއެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވެފައިމިވަނީ ސިއްހީ ހާލުކޮޅު ގޯސްކޮށް އުޅޭތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވާހަރަވިއިރު އުމުރުފުޅަކީ 73 އަހަރެވެ.
1948 ވަނަ އަހަރު އުފަންވި ޝައިޚް ޚަލީފާއަކީ ޔޫއޭއީގެ ދެވަނަ ރައީސް އަދި އަބޫދާބީގެ އަމީރޭޓްގެ 16 ވަނަ ވެރިޔާއެވެ. 1971 ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްގެ ޔޫނިއަން އުފެދުނު ފަހުން 2004 ވަނަ އަހަރާ ހަމައަށް އެ ޤައުމުގައި ވެރިކަން ކުރަމުން ދިޔައީ، ޝެއިޚް ޒައިދުގެ ބައްޕާފުޅެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ޔޫއޭއީއަށް ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ފުދޭ ދިރިއުޅުމެއް ކަށަވަރުކޮށްދޭ، ހަލުވި ތަރައްގީއެއް ގެންނަވާފައެވެ.
ޝެއިޚް ޒައިދު ވަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާގެ މަގާމު އަދާކުރައްވާފައެވެ.


