ސަރުކާރުން މުޅިން އަލަށް 3 ސަރަހައްދެއްގައި މަސްކަނދުފަތި އަޅައިފި

ޚަބަރު ފަހުގެ

ސަރުކާރުން މުޅިން އަލަށް 3 ސަރަހައްދެއްގައި މަސްކަނދުފަތި އަޅައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން މަސްކަނދުތައް އަޅާފައިވަނީ ކ. ކާށިދޫގެ އުތުރުން 4.5 މޭލު ބޭރުގައާއި، ތ. ވިލުފުށި އިރުން 9 މޭލު ބޭރުގައި އާއި ތ. ގާދިއްފުށީގެ އިރުދެކުނުން 8 މޭލު ބޭރުގައެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިއިން ކޮންމެ ސަރަހައްދެއްގައި އަޅާފައިވާ ކޮންމެ މަސްކަނދަކަށް ޚާއްސަ ނަންބަރެއްވެސް ދީފައިވާ ކަމަށާއި މިއީ މި ސަރަހައްދުތަކުގައި މަސްކަނދުފަތިތައް އެޅި ފުރަތަމަ ފަހަރުކަމަށެވެ.

މަސްކަނދަކީ، ރާއްޖޭގައި މަސްވެރިކަމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ އެއްޗަކަށްވާއިރު، މަސްކަނދު ވިއުގަ އިތުރަށް ފުޅާ ކުރުމަކީ މިނިސްޓްރީގެ އަމާޒެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ