ރައީސް ޔާމީންގެ ޓުވިޓާ އެކައުންޓް ވެރިފައިކޮށްފި

ޚަބަރު ފަހުގެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޓުވިޓާ އެކައުންޓު ޓުވިޓާއިން ވެރިފައިކޮށްފިއެވެ.

ރައީސް ޔާމީންގެ ޓްވިޓަރ އެކައުންޓް ވެރިފައި ވެފައިވަނީ، މިއަދުއެވެ. ޓްވިޓަރ ވެރިފިކޭޝަނަކީ، އެކައުންޓް ބޭނުން ކުރަނީ ވެރި ފަރާތުންކަން ޔަޤީންކަން ދޭ ޓްވިޓަރ އިން އަރުވާ ބެޖެކެވެ. ރާއްޖޭގެ ސިޔާސީ ގިނަ ފަރާތްތަކުން ބޭނުން ކުރަމުންދަނީ ވެރިފައިޑް ޓްވިޓަރ އެކައުންޓްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެމަނިކުފާނު ޓުވިޓާއާ ގުޅިވަޑައިގަތީ މި މަހުގެ 4 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އެމަނިކުފާނު ގެންދަވަނީ ޓުވިޓާ މެދުވެރިކުރައްވައި މެސެޖުތައް ދެއްވަމުންނެވެ.

މި މުއްދަތުގެ ތެރޭގައި ރައީސް ޔާމީނަށް ފޮލޯކުރާ މީހުންގެ އަދަދުވަނީ 7،000 މީހުންނަށްވުރެ އިތުރުވެފައެވެ. އެމަނިކުފާނު ކުރައްވާ ކޮންމެ ޓުވީޓަކަށްވެސް އެތައް ސަތޭކަ ބަޔަކު ރިޓުވީޓުކޮށް ލައިކުދެއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ