ފެއްސާއި، ރަތާއި ހުދުގެ ދިދައަށްޓަކައި ކުރެވޭ ހަނގުރާމައަށްވުރެ މަތިވެރި ހަނގުރާމައެއް ނުވާކަމަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ކުރެއްވި ޓުވީޓެއްގައި ރައީސް ޔާމީން ވިދާޅުވީ ކާބަފައިންނަކީ ޤައުމަށްޓަކައި މަތިވެރި ފަހުރެއްވާ ބައެއްކަމަށެވެ. އަދި ކާބަފައިން ވަނީ އެތައް ގުނައެއް ބޮޑު ލަޝްކަރުތަކާއި ހަނގުރާމަކޮށްފައި ކަމަށް ވިދާޅުވިއެވެ.
ފެއްސާއި، ރަތާއި ހުދުގެ ދިދައަށްޓަކައި ކުރެވޭ ހަނގުރާމައަށްވުރެ މަތިވެރި ހަނގުރާމައެއް ނުވާކަމަށާއި މަރުވަންދެން ދިދަ ހިމާޔަތް ކުރަންޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.


