ޔޫއޭއީގެ ރައީސް އަވަހާރަވުމުން ދިވެހި ދިދަ ތިން ދުވަހަށް ބައިދަނޑިއަށް

ޚަބަރު ފަހުގެ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އައްޝައިޚު ޚަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމުގެ ހިތާމައިގައި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ނިންމަވައިފައި ވަނީ 2022 މޭ 14 ވާ ހޮނިހިރު ދުވަހުން ފެށިގެން 2020 މޭ 16 ވާ ހޯމަދުވަހުގެ ނިޔަލަށެވެ. ޔޫ.އޭ.އީގެ ރައީސް އަވަހާރަވީ މިއަދު މެންދުފަހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 73 އަހަރެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޔޫއޭއީގެ ރަސްމީ އިދާރާތަކުން ހާމަކުރައްވައިފައިވާ ގޮތުގައި ރައީސް ޒައިދު އަލްނަހްޔާން އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅުން 73 އަހަރެވެ.

1948ވަނަ އަހަރު އުފަންވި ޝައިޚް ޚަލީފާއަކީ ޔޫއޭއީގެ ދެވަނަ ރައީސް އަދި އަބޫދާބީގެ އަމީރޭޓްގެ 16 ވަނަ ވެރިޔާއެވެ. 1971ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްގެ ޔޫނިއަން އުފެދުނު ފަހުން 2004ވަނަ އަހަރާ ހަމައަށް އެ ޤައުމުގައި ވެރިކަން ކުރަމުން ދިޔައީ، ޝެއިޚް ޒައިދުގެ ބައްޕާފުޅެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ