ޣައްދާރުންތަކެއް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފަސާދަ ކުރަމުންދާ ކަމަށް އިދިކޮޅު ލީޑަރު އަދިި ކުރީގެ ރައީސް އަބްދު ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ވައްކަންކުރާ ބަޔަކާއި ޣައްދާރުންތަކެއް ވެރިކަމުގެ ނިޒާމު ފަސާދަކޮށް ބަދަލުކުރަމުންދާ ކަމަށެވެ.
ސަރުކާރުގައި މަސައްކަތް ކުރައްވާ ސިޔާސީ ބޭފުޅުން ރައީސް ޔާމީން ސިފަ ކުރެއްވީ ބުނިހާ ގޮތެއް ހައްދަވާ ގޮނޑިކޮއްކޮ ބައެއްގެ ގޮތުގަ އެވެ. އަދި އެބޭފުޅުންގެ ވެރިޔަކަށް ހުންނެވި ބޭފުޅެއްގެ ކިބައިން ސަލާމަތްވުމަށް ކުރައްވާ ކަންކަމުގެ އެފަދަ ކޮންމެ ބޭފުޅަކު ބޮނޑިބޮނމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ޓްވީޓާގައި ހަރަކާތްތެރިވެ ވަޑައިގަންނަވާން ފެއްޓެވި ފަހުން ކުރަށްވާ ގިނަ ޓްވީޓް ތަކުގައި މިހާރުގެ ސަރުކާރު ސިފަކުރަށްވަނީ ގައުމަށް ޣައްދާރުވާ ސަރުކާރެއްގެ ގޮތުގައެވެ.


