މަނީ ލޯންޑަރިންގެ ތުހުމަތުގައި އަލްހާން ފުލުހަށް ހާޒިރުކުރަނީ

ޚަބަރު ފަހުގެ

އަލްހާން ފަހުމީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން އާންމުންނަށް ފަސޭހައިން ފައިސާ ލިބޭނެ ގޮތަށް ކުރިއަށް ގެންދާ “ކިންގް ފޮރެކްސް އިންވެސްޓްމެންޓް” އަށް ގިނަ ބަޔަކު އިންވެސްޓް ކޮށްފައިވާއިރު، ބީއެމްއެލް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވަނީ އެއީ ޕޮންޒީ ސްކީމެއް ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުކުރަނީވެސް އެ ސްކީމާ ގުޅިގެން ކަމަށް ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފުލުހަށް ހާޒިރުވުމަށް އަންގައި އޭނާއާ ހަވާލުކޮށްފައިވާ ޗިޓުގައި ބުނެފައިވަނީ އޭނާ ހާޒިރުކުރަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާ ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ.

އޭނާ ހާޒިރުވުމަށް އަންގާފައިވަނީ މިހަފްތާގެ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 އަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ