ކުޑަފިރިހެން ކުއްޖަކަށް ޖިންސޯ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ރިޕޯޓްކުރި އެ މައްސަލައާ ގުޅިގެން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކުރީ އުތުރުގެ ރަށަކުން ކަމަށެވެ. އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ބަންދުގައި ބަހައްޓަން މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަދި އެ މައްސަލަ ފުލުހުންނާއި ޖެންޑަ މިނިސްޓްރީ ގުޅިގެން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ އިރު، މިފަދަ މައްސަލަތަކުގައި ކުދިންނަށް އިންސާފު ނުލިބި، ހައްޔަރުކުރެވޭ މީހުން ދޫވާ މައްސަލަތައް ވެސް ބޮޑުވެފައިވެ އެވެ.


