ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ގޮވާލައި ގޭގެ ފާރަށް ސްޕްރޭކޮށް، ގޭ ކުރިމައްޗަށް ކަރުދާސްތަކެއް އެޅި ކަމަށް ތުހުމަތުކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ހިންގި ކަމަށް ބެލެވޭ އެ ހާދިސާއާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރީ 20 އަހަރުގެ ޒުވާނެއް ކަމަށެވެ.
އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


