ދިވެހީންގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ކުރަމުން މިގެންދާ ގައުމީ ޖިހާދެއް ނުހުއްޓުވޭނެ! – ނަރީޝް

ޚަބަރު ފަހުގެ

ދިވެހި ފުލުހުންނަކަށް ދިވެހި ރައްޔިތުން ދިވެހީންގެ މިނވަންކަމާއި ސިޔާދަތަށްޓަކައި ކުރަމުން މިގެންދާ ގައުމީ ޖިހާދެއް ނުހުއްޓުވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރ އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވިދާޅުވީ ދިވެހި ފުލުހުންނަކަށް ދިވެހި ރައްޔިތުން ދިވެހީންގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ކުރަމުން މިގެންދާ ގައުމީ ޖިހާދެއް ނުހުއްޓުވޭނެ ކަމަށާއި އިންޑިއާގެ ދިފާއުގައި ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ތިބެ ‎ފުލުހުން ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުން ލަދުވެތި ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އަދި ‏ދިވެހި ގައުމަށް މިއަދު ގައްދާރުވެ މިނިވަންކަން ނަގާލަން އިންޑިއާއަށް ވާގިވެރިވާ ފުލުހުން އޭގެ އަގު މާދަމާ ދައްކަން ޖެހޭނެކަމަށާއި ގައުމަށް ގައްދާރުވާ އެންމެންގެ ޝަރީއަތް ކުރެވޭނެ ކަމީ ޝައްކު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެކަން ކުރާނަަން ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
‎

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ