އިންޑިއާއަށް ނޭނގޭ ގޮތަށް އެކައުންޓުގައި ފައިސާ ނުގެންގުޅޭވެނެ – ޔާމީން

ފަހުގެ ސިޔާސީ

އިންޑިއާ އަށް ނޭނގޭ ގޮތަށް އެއްވެސް މީހަކަށް އެކައުންޓުގައި ފައިސާ ނުގެންގުޅެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި ނަމަވެސް އެ އެއްބަސްވުން ބަލާލަން ވެސް ލިބޭނީ އިންޑިއާ އިން ހުއްދަ ދިނުމުން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ އެއްބަސްވުން ހެދުމުން ރާއްޖޭގެ ބޭންކެއްގައި އިންޑިއާ އަށް ނޭނގޭ ގޮތަށް އެއްވެސް މީހެއްގެ އެކައުންޓެއް ނުހުންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގެ ބޭންކިން ސިސްޓަމްގެ ތެރެއަށް މިހާ ވަރަށް ފާރަލަން އިންޑިއާ އަށް ނިންމައިފިނަމަ ބޭންކުގެ ނިޒާމު ދުނިޔެ އަށް ގެނައި ސަބަބު އޭގެ އަނެއްކޮޅަށް ބަދަލުވެގެންދާނެ ކަމަށެވެ. އެގޮތުން އެއްވެސް މީހަކު ދެން ބޭންކުގައި ފައިސާ ބަހައްޓަން ބޭނުން ނުވާނެ ކަމަށާއި ހުރިހާ އެންމެން ވެސް ބޭނުންވަނީ ފައިސާ ބޭރުކުރަން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ