އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ތެޔޮ ބަންކަރިންގެ ހިދުމަތާއި ތެޔޮ ސްޓޯރޭޖެއް އަޅަނީ

ޚަބަރު ފަހުގެ

އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ތެޔޮ ބަންކަރިންގެ ހިދުމަތާއި ތެޔޮ ސްޓޯރޭޖެއް އަޅަން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ ކްރޮސްރޯޑްސްގައި ކުރިއަށްގެންދިޔަ އެސަޓީއޯގެ އަހަރީ އާއްމު ޖަލްސާގައެވެ. އެ ޖަލްސާގައި އެސްޓީއޯ އިން ކުރިއަށްގެންދާ ބޮޑެތި ޕްރޮޖެކްޓުތަކާ ގުޅޭ މައުލޫމާތު އޭނާ ވަނީ ހިއްސާދާރުންނާ ހިއްސާ ކުރައްވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އެންމެ ބޮޑު ވިޔަފާރިކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވީ ތެލުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައި އޮތް ނަމަވެސް ކ. ފޮނަދޫ ގައި ހުންނަ އެސްޓީއޯގެ ފިއުލް ޓާމިނަލް ބޮޑުކުރެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ތެޔޮ ބޭނުން ކުރާ މިންވަރު އިތުރުވަމުން އަންނަކަމަށާއި ކެޕޭސިޓީ އިތުރުކުރަން ޖެހޭ ކަމަށެވެ.

“ރާއްޖެ މި އޮންނަ ލޮކޭޝަންއަކީ ވަރަށްވެސް ތަފާތު ލޮކޭޝަނެއްކަން. ތިޔަބޭފުޅުންނަށް ފެންނާނެ ރަތް ކުލައާއި ފެހި ކުލައިގެ ރޮނގުތަކެއް ދާތަން. އެއީ އެންމެ އުތުރު. އެތާ ކައިރިން ލާފަ، ދުވާލެއްގެ މައްޗަށް 300 އަށްވުރެ ގިނަ އާގުބޯޓު އެބަ ދަތުރުކުރޭ. އެ ސަރަހައްދުގައި ނެތް މާގިނައިނެއް ބޯޓުތަކަށް ސާވިސް ދެވޭނެ ގޮތެއް. އަޅުގަނޑުމެންގެ ވިސްނުމަކީ ސްޓްރެޓިކް ސްޓޯރޭޖާއެކީގައި އިންޓަނޭޝަނަލް ބަންކަރިންއަށް ދިއުން،” އަމްރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސްޓޯރެޖް ހަދާނީ ފްލޯޓިން ސްޓޯރެޖެއްގެ ގޮތުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ