އުރީދޫއިން އިންޓަރނޭޝަނަލް މަނީ ޓްރާންސްފަރގެ ޙިދުމަތް ފަށަނީ

ޚަބަރު ފަހުގެ

އުރީދޫ މޯލްޑިވްސްއިން އިންޓަނޭޝަނަލް މަނީ ޓްރާންފަރގެ ޓްރައެލް ފަށައިފިއެވެ.

އެމްއެމްއޭއިން އުރީދޫއަށް އިންޓަނޭޝަނަލް ރެމިޓެންސް ޙިދުމަތް ދިނުމުގެ ލައިސަންސް ދީފައިވަނީ މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އުރީދޫ މޯލްޑިވްސްއިން އިންޓަނޭޝަނަލް މަނީ ޓްރާންފަރގެ ޓްރައެލް ފެށުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗީފް ކޮމާޝިއަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ، ޖަނަވަރީމަހު އުރީދޫއަށް އެމްއެމްއޭގެ ފަރާތުން އިންޓަނޭޝަނަލް ރެމިޓެންސް ޙިދުމަތް ދިނުމުގެ ލައިސަންސް ލިބުމާއެކު މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް މި ޙިދުމަތް ވީހާވެސް އަވަހަށް ފޯރުކޮށްދިނުމަށެވެ.

މިހާރު އެމް ފައިސާ މެދުވެރިކޮށް އިންޓަނޭޝަނަލް މަނީ ޓްރާންސްފަރގެ ޓްރައެލް ފަށާފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ. ޓްރައަލް ފަށާފައިވަނީ ވަރަށް މަދު ކަސްޓަމަރުންނާއެކުގައެވެ. ނިޔާޒް ވިދާޅުވީ، ޓެސްޓިން މަރުހަލާއަށްފަހު ތިން ހަތަރު ހަފްތާ ފަހުން އާންމުކޮށް މި ޙިދުމަތް ހުޅުވާލެވިގެންދާނެކަމަށެވެ. ޓެސްޓްތައް ކުރަމުންދަނީ އެމްއެމްއޭއާއި ގުޅިގެންނެވެ. މިހާތަނަށް މި ޙިދުމަތް ދިނުމަށް އެއްވެސް މައްސަލައެއް ދިމާނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫއިން ބުނީ މި ޙިދުމަތް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފޮނުވަން ބޭނުންވާ ޤައުމެއްގެ ފައިސާއަށް ކޮންވާރޓް ކުރެވޭނެކަމަށެވެ. އޭގެއިތުރަށް ޔޫއެސް ޑޮލަރުންވެސް ފޮނުވޭއިރު، ފޮނުވާ ޤައުމެއްގެ ބޭންކް އެކައުންޓަށާއި، އެޤައުމެއްގެ ޕިކްއަޕް ޕޮއިންޓަކުންވެސް ޕިކްއަޕް ކުރެވޭނެކަމަށެވެ. އެހެން ނޫނީ އެޤައުމެއްގައި މޮބައިލް ވޮލެޓަކަށްވެސް ވެސް ފޮނުވިދާނެކަމަށެވެ.

އުރީދޫއިން ބުނީ މި ޙިދުމަތުގެ ސަބަބުން ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށާއި އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށްވެސް ފަސޭހަވެގެންދާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ