ހަނިމާދޫ ސްކޫލް ބެސްޓް އޯލް ރައުންޑްގެ މަގާމު ޝިއުރީ އަދި ލޫތު އަށް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް ބެސްޓް އޯލް ރައުންޑްގެ މަގާމު ޝިއުރީ އަދި ލޫތު ހޯދައިފިއެވެ.

އެ ދެ ދަރިވަރުން އެ މަގާމް ހޯދިކަން އިއުލާން ކޮށްފައިވަނީ ބުރާސްފަތި ދުވަހުހުގެރޭ ހަނިމާދޫ ސްކޫލް ގައި ބޭއްވި އެ ސްކޫލް އަރުތވެރިންގެ ޙަފްލާ 2019 އަދި 21-2020 ގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޢާއިޝަތު ޝިއުރީ ބެސްޓް އޯލް ރައުންޑް މަގާމު ހޯދާފައިވަނީ 2019 ވަނަ ދިރާސީ އަހަރުންނެވެ. މުހައްމަދު ލޫތު އަބޫބަކުރު ބެސްޓް އޯލް ރައުންޑް މަގާމު ހޯދާފައިވަނީ 21-2020 ވަނަ ދިރާސީ އަހަރުންނެވެ.

މިހަފުލާ ޝަރަފްވެރި ކޮށްދެއްވީ ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު މަތީންއެވެ.

މި ހަފުލާގައި ވަނީ ކިޔެވުމަށް މޮޅު ދަރިވަރުން، ކުލާހުން އެންމެ މޮޅު ދަރިވަރުން، ކުލާހުން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ދަރިވަރުން، އެކިއެކި މާއްދާތަކުން އެންމެ މޮޅު ދަރިވަރުން، ޔުނިފޯމް ހަރަކާތްތަކުން މޮޅު ދަރިވަރުން، ސްކޫލް ނިންމާ އިމްތިހާންތަކުން ސްކޫލް ފެންވަރުގެ އެންމެ މޮޅު ދަރިވަރުން، ސްކޫލް ނިމްމާ އިމްތިހާންތަކުން 3 މާދާއިން “އޭ” ފާސް ހޯދި ދަރިވަރުން ހޮވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ