އައްޑޫ މާރާމާރީ:ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި

ޚަބަރު ފަހުގެ

މި މަހުގެ 2 ވަނަ ދުވަހު އައްޑޫ ފޭދޫގައި މާރާމާރީއެއް ހިންގައި ޒުވާނަކު މަރާލި މައްސަލައިގައި ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ދޫކޮށްލި ތިން މީހުންނަކީ މާރާމާރީގެ ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ރަށުގެ އަމާންކަން ނަގާލުން އުޅުނުކަމުގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުންނެވެ. އެއީ 29 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެކެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުން އިއްޔެ ދޫކޮށްލީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ކޯޓުންނެެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ފޭދޫ ސޮލިޑް މުހައްމަދު ޒަޔާން މޫސާ، 21، މަރާލި މައްސަލައިގެ ސީދާ ތުހުމަތަށް ފުލުހުން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ދެ ކުއްޖެކެވެ. އެއީ އުމުރުން 16 އަހަރާއި 15 އަހަރުގެ ކުއްޖެކެވެ. އެ ކުދިންގެ ތެރެއިން 16 އަހަރުގެ ކުއްޖާ ހައްޔަރުކުރީ މި މަހުގެ 5 ވަނަ ދުވަހުގެ ރެ އެވެ. އަދި 15 އަހަރުގެ ކުއްޖާ ހައްޔަރުކުރީ މި މަހުގެ 6 ވަނަ ދުވަހުގެ ރެ އެވެ.

ތޫނު އެއްޗެހި ބޭނުންކޮށްގެން މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ޒަޔާން މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ޖެހިގެން އައި ދުވަހު ހެނދުނު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ