ހަނިމާދޫ ސްކޫލްގައި އަލިފާނުގެ ހަދިސާއެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުން ހަނިމާދޫ ސްކޫލްގައި އަލިފާން ރޯވެފައި ވަނިކޮށް ފުރަތަމަ ފެނުނީ ކުޑަކުއްޖަކަށެވެ. އެކުއްޖާ ބޮޑު މީހަކަށް އެގުމުން އެސަރަހައްދަށް ގޮސް ބެލިއިރު ސްކޫލުން ދުން އަރާތަން ފެނުމުން އެތަނުގައި ހުރި މީހަކު ފުލުހަށް ރިޕޯޓްކުރީއެވެ.
ހަނިމާދޫ ސްކޫލްގައި އަލިފާނުގެ ހަދިސާއެއް ހިގާފައިވަނީ މިއަދު 17:30 ހާއިރު އެތަނުގެ ކަރަންޓު ޓްރާންސްފޯމަރގައި އަލިފާން ރޯވެގެންނެވެ.

ރޯވި އަލިފާން ފުލުހުންނާ އެއާޕޯޓް ފަޔަރު އަދި އެމްމެންޑީއެފް އަދި އާންމުން ގުޅިގެން 18:00 ހާއިރު ވަނީ އެއްކޮށް ނިވާލާފައެވެ. އަލިފާން ނިވާލެވުނުއިރު އެ ޓްރާންސްފޯމަރ ބޯޑް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. އިންވެގޭން އިން ކްލާސް ރޫމްގޭ ކުޑަދޮރަށާއި އެދިމާ ދިޔަދޮވި އަދި ސީލިންގަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.

އެވަގުތު އެތަނުގައި ހަރަކާތްތެރި ފަރާތެއް ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ފުރަތަމަ މަސައްކަތް ކުރީ ސްކޫލްގައި ހުރެ އަލިފާން ނިވާ ފުޅި ބޭނުން ކުރާށެވެ. އެކަމަކު އެތަކެތި ހުރީ ބޭނުން ނުކުރެވޭ ހަލަތުގައެވެ. އެހެން ދިމާވީމާ އިތުރު ގޮތެއް ހޯދާ ފެންޖަހާ ނިވާލި ކަމަވެސް އޭނާ ބުންޏެވެ.
އެހަނަސް ހަނިމާދޫ ސްކޫލުން ގޮށްކޮޅަށް މައުލޫމާތު ދެމުން ބުނީ އެތަނުގައި ހުރި ހުރިހާ އަލިފާން ނިވާ ފުޅިއެއް ބޭނުން ކޮށްފައިވާކަމަށާއި އެތަކެތި ބޭނުން ކޮށްފައި ވަނީ ވެސް އެތަނުގެ ސްޓާފުން ކަމަށެވެ. އެތަކެތި ބޭނުން ނުކުރެވޭ ވާހަކަ އަކީ ދޮގެއް ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.


