ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ 20 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރޭ ދަންވަރު ވަގުތެއްގައި މަރުވީ ނ. ކުޑަފަރީ އަށް ނިސްބަތްވާ ޒުވާނެކެވެ. އަދި އޭނަގެ ކަށުނަމާދު މިއަދު ފަތިިސް ނަމާދަށް ފަހު ބޭއްވި ހުޅުމާލޭ ސަރަހާ މިސްކިތުގަ އެވެ.
ރާއްޖޭގައި މިހާރު އަނެއްކާ ވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ އިރު، މިދިޔަ އަންގާރަ ދުވަހު ވެސް މީހަކު މަރުވެފައިވެ އެވެ. އެ ދުވަހު މަރުވީ 56 އަހަރުގެ ފިރިހެނެކެވެ.
ރާއްޖޭން ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 302 އަށް އަރައިފަ އެވެ.


