ކޯވިޑުގައި 24 ގަޑިއިރުތެރޭ ދެވަނަ މަރު

ޚަބަރު ފަހުގެ

ކޯވިޑް-19 ޖެހިގެން 24 ގަޑިއިރު ތެރޭގައި ދެމީހުން ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޯވިޑްގައި ރޭ އެންމެ ފުރަތަމަ ނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ޒުވާން ފިރިހެނެކެވެ. އެ ޒުވާނާ ނިޔާވެފައިވަނީ ރޭ 12 ޖަހާކަށްހާއިރު އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް ޖެހިގެން މިއަދު ނިޔާވި ދެވަނަ މީހާއަކީ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުޅުމާލެ ހިޔާ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށްކަމަށް ވިދާޅުވިއެވެ.

މިމަރާއެކު ރާއްޖޭގައި ކޯވިޑްޖެހިގެން ނިޔާވި މީހުންގެ ޢަދަދު މިވަނީ 303 އަށް އަރާފައެވެ. އެއީ 284 ދިވެހީންނާއި 19 ބިދޭސީންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ